ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކޮށް، ގާނޫނުގެ ދަށުން ޒަކާތު ހައުސް ގާއިމުކޮށްފި

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 3:10

ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކުރާ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފިއެވެ.

ރައީސްގެ ގަރާރަކުން ޒަކާތު ހައުސް އުފެއްދެވީ، ޑިސެންބަރު 18، 2023ގައެވެ. މިއަދު، އިސްލާމިކް މިނިސްޓްރީގެ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކުރެއްވުމުން، ކުރިން އޮތް ޒަކާތު ހައުސްވަނީ އުވާލައިފައެވެ.

ޒަކާތުގެ ބިލު އެކުލަވާލާފައިވަނީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަގުސަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށް ޓަކައިއެވެ. އަދި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަކީ ވެސް ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމުގެ މަގްސަދެކެެވެ.

މައުޟޫޢުތަށް