ފިކުރީ މުދާ ހިމާޔަތްކުރުމަށް ޚާއްސަ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 3:08

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ދަށުން، ފިކުރީ މުދާ ހިމާޔަތްކުރުމަށް ޚާއްސަ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" މިއަދު އުފައްދަވައިފިއެވެ.

'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ނަމުގައި ސަރުކާރުގެ އާ އިދާރާއެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދެވެ. އަދި، މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު އިއުލާނުކުރި ގޮތުގައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހަކީ، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވައިފައެވެ.

މައުޟޫޢުތަށް