ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުން ހިމެނޭހެން، މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 5:23

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވާ ދީނީ މުނާސަބާތަކުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތަޤްރީރު ކުރެއްވުން ހިމެނޭހެން ދަ މައުމޫން ފައުންޑޭޝަނާ އެ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ފަހުމުނާމާގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއާމަން، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މައުޟޫޢުތަށް