ގެއްލުމުގައި ހިންގާ އާރުޑީސީއަށް، 81 މަޝްރޫއުގެ ތެރެއިން ފަސް އަހަރުތެރޭ ނިންމުނީ 21 މަޝްރޫއު
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 8:42
ގެއްލުމުގައި ހިންގާ ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އަށް 2019ގެ ފަހު ދުވަހުން ފެށިގެން ގިނަ މަޝްރޫއުތަކެއް ނުނިމި ހުރިކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވާނީ އާރުޑީސީން 2019 ޑިސެމްބަރު 31ގެ ފަހުން ސޮއިކުރި އަދި ފަށާފައިވާ އެންމެހާ މަޝްރޫއުތަކުގެ ހުރިހާ ތަފްސީލެއް ހޯދަން އެދިފައެވެ. އަދި އެ މަޝްރޫއުތަކަށް ހިނގާ ޖުމްލަ ޚަރަދުތަކާއި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކާއި މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަ އާއި މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކާއި، އެ ތާރީޚުތަކަށް ނުނިންމޭނެ ނަމަ ނުނިންމޭ ސަބަބުތަކާއި މަޝްރޫއުތައް ހިންގުމަށް ހުރި އުނދަގޫތަކުގެ އެންމެހާ ތަފްސީލުތައް ހިއްސާކުރުމަށް އެދިފައެވެ.
މި މައުލޫމާތަށް އެދުނީ މިދިޔަ މޭ މަހުގެ 20ވަނަ ދުވަހު ކަމަށްވީ ނަމަވެސް، މައުލޫމާތު ލިބިފައިވަނީ އިއްޔެއެވެ. އެއީ މައުލޫމާތު ދޭން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ހަ މަސް ފަހުންނެވެ.