ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ އާރުޑީސީގެ ލޯގޯ، އާ އަހަރާއެކު އަނެއްކާވެސް ބަދަލުކޮށްފި
ސަން
2 ޖެނުއަރީ 2026 | ހުކުރު | 1:44
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ މަގު ހަދާ ކުންފުނި އާރުޑީސީގެ އާ ލޯގޯ، އާ އަހަރާ އެކު އިފުތިތާހުކޮށްފިއެވެ.
އާ ލޯގޯއާ ގުޅޭ ގޮތުން 'އެކްސް'ގައި އާރުޑީސީން ކުރި ޕޯސްޓެއްގައިވަނީ، އޮރެންޖު ކުލައިގެ އެ ލޯގޯ ރަމްޒުކޮށްދެނީ ދިވެހި ރުކުގެ ފަން ވިނުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށާއި، އާ ލޯގޯއިން ދައްކުވައިދެނީ މާނަހުރި މަސައްކަތްތަކުގެ ފެށުމާއި ބިންގާ ކަމަށެވެ.
މިރޭ އިފުތިތާހުކުރި ލޯގޯއިން ހަތަރު އަނގޮޅި ކަންމައްޗެއް ވެސް ރަމްޒުކޮށްދޭ ކަމަށާއި، އޭގެން ދައްކުވައިދެނީ ގައުމީ ތަރައްގީއާ ދިމާލަށް އެކި މަގުތައް ގުޅިލާމެހިފައިވާ ކަން ކަމަށް ވެސް، އާރުޑީސީން ކުރި ޕޯސްޓެއްގައިވެއެވެ.