އާ އަހަރާއެކު މައުމޫންގެ މުހިންމު ސުވާލުތަކެއް: "ތަސައްރަފު ފުދޭކަށް ނުވޭބާ؟"
ސަން
2 ޖެނުއަރީ 2026 | ހުކުރު | 1:36
އާ އަހަރުގެ ތަހުނިޔާ ކީއިރު ދިވެހި މުޖުތަމައުގައި ނެތިދާންޖެހޭ ނޭދެވޭ ސިފަތަކެއް ހުރިކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅެއެވެ. އެފަދަ ކަންކަމަށް އަލިއަޅުވައިލައްވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް އާ އަހަރުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެެވެ.
ރައީސް މައުމޫންގެ ތަހުނިޔާގައި އެ މަނިކުފާނު އަމާޒުކުރެއްވީ ކުރު ތިން ސުވާލެކެވެ. އެކަމަކު އެއީ ދިވެހި މުޖުތަމައުއިން ފެންނަ މަންޒަރުތަކަށް އަލިއަޅުވައިލައްވައި މިއަދު ފެންނަ މަންޒަރާ އެކު އުފެއްދެވި ތިން ސުވާލެވެ.
"އާއަހަރުގެ މެސެޖަކީ އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވިޔަށްގޮވުމަށް ލިބޭ ފުރުޞަތެއްބާ؟ އަޅުގަނޑުމެން ތަންކޮޅެއް ތަޞައްރުފު ފުދޭކަށް ނުވޭބާ؟ހަމަޖެހިލައިގެން އެކަކު އަނެކަކަށް ކަމޭހިތާ ތަހުޒީބު ބަޔަކަށް ވާކަށް ނުވޭބާ،" އެކްސްގައި މައުމޫން ލިޔުއްވިއެވެ.