ހަނިމާދޫ އެއާޕޯޓް ބޭރު ބަޔަކަށް ނުދޭނަން، ހިންގާނީ ސަރުކާރުން: މިނިސްޓަރު

ސަން

2 ޖެނުއަރީ 2026 | ހުކުރު | 11:36

އިންޑިއާގެ ލޯނުގައި ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މިހާރު ޚިދުމަތް ދެމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާ ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

އެމްޑީޕީގެ ވެރިކަމުގައި, އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.

://../216183

މައުޟޫޢުތަށް