ތެލިތަކަކާއި ހަރުގަނޑެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ސަން
2 ޖެނުއަރީ 2026 | ހުކުރު | 2:50
ތެލިތަކަކާއި ހަރުގަނޑެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ، އެކި މައްސަލަތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ވެރިފަރާތް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެ ތަކެއްޗަކީ، ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި، ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.