މި އަހަރު ހުކުރު ޚުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ޚިޔާލު ހޯދަނީ
ސަން
2 ޖެނުއަރީ 2026 | ހުކުރު | 3:03
މި އަހަރު ހުކުރު ޚުތުބާ ލިޔަން ބޭނުންވާ މައުޟޫއަށް އާންމުންގެ ޚިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، ހުކުރު ޚުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ، މި އަހަރު އަޑު އަހަން ބޭނުންވާ ޚުތުބާގެ މައުޟޫތައް ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މައުޟޫތައް މިނިސްޓްރީގެ ފޭސްބުކް ޕޯސްޓުގައި ކޮމެންޓު ކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.