ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް: ނަޝީދު
ސަން
2 ޖެނުއަރީ 2026 | ހުކުރު | 3:30
އިންޑިއާ ސަރުކާރުން ދިން ބޮޑު ލޯނެއްގައި, ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް, ޚިދުމަތް ދެމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހަދަންވީ, ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓް ހިންގުމުގެ ވާހަކަ އަނެއްކާވެސް ފެންމަތި ވެގެން މިއުޅެނީ އިންޑިއާގެ ނުފޫޒުގަދަ ނޫހެއް ކަަމަށްވާ "ދަ ހިންދޫ" ގައި ޖެހި ޚަބަރަކާ ގުޅިގެންނެވެ. އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް, އިންޑިއާގެ ކުންފުންޏަކުން ހިންގައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ކުރަން ފަށަން ނިންމާފައިވާ ކަމަށް ވެސް ދަ ހިންދޫގައި ވަނީ ބުނެފައެވެ.