ހޮޓެލިއާ މޯލްޑިވްސް އެވޯޑަށް ކުރިމަތިލާން އެއް މަހުގެ މުއްދަތެއް ދީފި
ސަން
2 ޖެނުއަރީ 2026 | ހުކުރު | 4:07
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަޝިޕްގެ ދަށުން ހުށަހަޅައިދޭ މި އަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
މި އެވޯޑަށް ނޮމިނޭޝަން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ހުށަހަޅަން މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ބުނީ، މިއަހަރު އެވޯޑަކީ، ޓީމުތަކަށް ޚާއްސަކޮށްގެން އަލަށް ތައާރަފުކުރި އަށް ކެޓަގަރީއާ އެކު، ރިސޯޓުތަކުގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތަކާ ގުޅިގެން ކުރާ މަސައްކަތްތައް ފާހަގަކުރުމަށް އިތުރު ފުރުސަތުތަކެއް ލިބޭނެ އަހަރެއް ކަމަށެވެ.