ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ސަން

2 ޖެނުއަރީ 2026 | ހުކުރު | 6:20

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެންމެ ފަހުން އޭނާގެ ބަންދަށް ޖަހައިފައިވަނީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެ ހަމަވުމާއެކު މިއަދު އޭނާގެ ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ.

މައުޟޫޢުތަށް