އެފްޑީސީގެ ހުރިހާ ފްލެޓެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭގޮތް ހަދައިފި
ސަން
2 ޖެނުއަރީ 2026 | ހުކުރު | 9:46
މިދިޔަ ސަރުކާރުގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ތަރައްގީކުރި ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ގާއިމްކޮށް ނިންމައިފައިވާކަމަށް މާލޭ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ އެމްޑަބްލިއުއެސްސީން މިރޭ ބުނެފިއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީ ފްލެޓްތަކުގެ، އަމާން ދޯދި، އަދި އަމާން އުދަރެހުގެ ހުރިހާ ޓަވަރެއްގައި ފެނުގެ ޚިދުމަތް ގާއިމްކޮށް، ޓެސްޓުކޮށް، މިހާރު ލިބޭގޮތް ހަދައިފައިވާކަމަށެވެ.
އަދި ނަރުދަމާގެ ޚިދުމަތް ވެސް ގާއިމްކޮށްފައިވާ ކަމަށް ބުންޏެވެ.