ހެދުން އެޅުމުގެ ގަވައިދާ ގުޅޭ ގޮތުން އެމްޑީޕީ: އެއީ ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ކަމެއް

ސަން

3 ޖެނުއަރީ 2026 | ހޮނިހިރު | 11:54

އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގެ ގަވައިދު ބަދަލުކުރީ، ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ނިޒާމީ މަސައްކަތެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށް، އެ އުސޫލުތައް އުވާލުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

މިދިޔަ ބުދަ ދުވަހު ވަނީ، ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު އިސްލާހުކޮށް، ގެޒެޓުކޮށްފައެވެ.

އެ ގަވައިދުގައި ވަނީ، އަންހެން ސިވިލް ސާވަންޓުގެ ހެދުން އެޅުމުގައި ހުންނަންވީ މިންގަނޑުތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

މައުޟޫޢުތަށް