ދިއްދޫ އެއާޕޯޓުގެ ބިން ހިއްކަން ބޭނުންކުރާ ޑްރެޖަރު ގެނެސްފި، ހޯމަ ދުވަހު މަސައްކަތް ފަށަނީ

ސަން

3 ޖެނުއަރީ 2026 | ހޮނިހިރު | 8:43

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ޑްރެޖަރު މިއަދު ބަނދަރުކޮށްފިއެވެ.

ދިއްދޫގެ ކައުންސިލް މެންބަރު ޢަބްދުالله ވަޙީދު 'ސަން'އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް ގެނައި ޑްރެޖަރު ބަނދަރުކުރީ މިއަދު ކަމަށެވެ. އަދި އެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ވަޙީދު ވިދާޅުވިއެވެ.

"އެންމެ އަވަސްވެގެން ވެސް ދެ ތިން މަސް ތެރޭ ނިމޭނެ ހަމަ ޔަގީނުން ވެސް. [ހިއްކާ ފަޅުގެ] ފުން މިނުގައި އެބަ އުޅޭ ފަސް މީޓަރު ވަރު ބައެއް ސަރަހައްދުތަކުގައި،" އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް