ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ "ކުއްޖަކު ވިއްކި ފޯނެއް"ކަމަށް
ސަން
4 ޖެނުއަރީ 2026 | އާދިއްތަ | 11:24
ފޯނެއް ވަގަށްނެގި ކަމަށް ތުހުމަތުކުރާ މައްސަލައެއްްގައި، އޭނާ އަތުން ފޯނު ފެނުމުން އެއީ "ކުއްޖެއް ވިއްކި ފޯނެއް" ކަމަށް ބުނި މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވާ ތ. ތިމަރަފުށީ، ލަކީހައުސް، ޞަފްވާން ޢަލީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭވަރަށް، ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅައިފައެވެ.