ފަސް މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް، އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 1:26

މިހާރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުންދާ ވިޔަފާރިވެރިންނަށް ޚާއްސަކޮށް، އެސްއެމްއީ ޑިޖިޓަލުން އާ ލޯން ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.

"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލުން އާ ސްކީމެއް ތައާރަފުކުރުމުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް، އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

މި ލޯނު ސްކީމްގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މަގުފަހިވާނެ ކަމަށް، އެސްއެމްއީ ޑިޖިޓަލުން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް