ގޭންގު ކުށުގެ ހޮޓްސްޕޮޓްތައް، މިދިޔަ ދެ ދުވަހު 415 ފަހަރު ބަލައި ފާސްކުރި

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 3:04

ނިމިދިޔަ ހަފުތާ ބަންދުގައި ގޭންގު ކުށްތައް ހިނގާތޯ ބެލުމަށް މާލެއާއި ހުޅުމާލޭގެ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 415 ފަހަރެއް މަތިން ބަލައި ފާސްކޮށްފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ހަފުތާ ބަންދުގައި ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން 94 މީހަކާ ސުވާލުކޮށް، ހަ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މުއްދަތުގައި މާލެއާއި ހުޅުމާލޭގެ ސަރަހައްދުތައް 415 ފަހަރު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

މައުޟޫޢުތަށް