ޕެންޝަން ފަންޑުން ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭ ގޮތް ހަދަން އެމްޑީޕީން ހުށަހެޅި އިސްލާހު ބޭރުކުރުމަށްފަހު ޕީއެންސީން ހުށަހަޅައިފި
ސަން
4 ޖެނުއަރީ 2026 | އާދިއްތަ | 3:27
ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށްފަހު، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ އިސްލާހު އަލުން ހުށަހަޅައިފިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ކުޑޫ ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުމަށް ފަހު ވަނީ، ހަމަ އެ މަހުގެ 21ވަނަ ދުވަހު ބޭއްވި ޖަލްސާގައި އިސްލާހު ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފައެވެ. އެ އިސްލާހު ތަޅުމުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި, ޕީއެންސީގެ 61 މެންބަރުންގެ ވެސް ވޯޓާ އެކުގައެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން އަލުން އެ އިސްލާހު ހުށަހެޅީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ.