ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ނަޝީދު ތާއީދުކުރައްވައިފި
ސަން
4 ޖެނުއަރީ 2026 | އާދިއްތަ | 3:23
މައި ދެ އިންތިޚާބު ކަމަށްވާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
ސަރުކާރު ފަރާތުން މިއަދު ވަނީ ދެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފައެވެ.
'އެކްސް'ގައި ނަޝީދު ލިޔުއްވި ކުރު ޕޯސްޓެއްގައިވަނީ މައި ދެ އިންތިޚާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.