ސްކޫލުތަކުގައި ދެ ޖިންސު މައްސުނިނުކޮށް ކިޔަވައިދޭން ޢިލްމުވެރިންގެ ގުޅުމުން އެދިއްޖެ

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 4:08

ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސުގެ ދަރިވަރުން މައްސުނި ނުކޮށް، ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދޭން އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަރިހުން އެދިއްޖެއެވެ.

އެ ޖަމިއްޔާގެ ޢިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ 2008ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ.

ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަޤާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވެއެވެ.

މައުޟޫޢުތަށް