އުމްރާއިން އައުމަށްފަހު، ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން އެޗްޕީއޭގެ އިލްތިމާސެއް

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 6:13

ސްކޫލް ބަންދު ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަމަށް ދަތުރުކުރަމުން އަންނައިރު، އުމްރާއަށް ފަހު، ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު، ސުކޫލު ބަންދުވެފައިވާތީ، ގިނަ ބަޔަކު އަންނަނީ، އުމްރާގެ އަޅުކަމަށް ދަތުރުކުރަމުންނެވެ. އާންމުކޮށް، އަޅުކަމަށް ފަހު، އެނބުރި ރާއްޖެ އަންނައިރު ގިނަ ބަޔަކު ތިބެނީ ރޯގާ ޖެހިފައެވެ.

އެހެންވެ، އެޗްޕީއޭއިން ވަނީ، ރާއްޖެ އައުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް