ޒުންނަވާރުގެ ދެމަފިރިން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ސަން
4 ޖެނުއަރީ 2026 | އާދިއްތަ | 6:29
ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން، ބާ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ބާ ކައުންސިލާ ދެކޮޅަށް، ޒުންނަވާރު ސަލީމްގެ ދެމަފިރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، އެއް ކުށަކަށް ތަކުރާރުކޮށް އަދަބު ދިނުން ހުއްޓުވުމަށް ހުށަހެޅި މައްސަލައެކެވެ.
"ސަން"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ، ވަކީލުންގެ ސުލޫކާ ގުޅިގެން، އެ ދެމަފިރިންނާ މެދު ބާ ކައުންސިލުން ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.