ޑުރަގުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ނޭޕާލްގެ ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 7:46

ޑުރަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން, ދިވެހި ފިރިހެނުންތަކަކާއެކު ހައްޔަރުކުރި ނޭޕާލް އަންހެން މީހާގެ ބަންދުގެ މުއްދަތަށް މިއަދު އިތުރު 30 ދުވަސް ޖަހައިފިއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު, ނިޝާ ރާއި, 21, ހައްޔަރު ކުރީ, އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށް މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ގެއިން، މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރިއެވެ. އެގޮތުން ފުރަތަމަ ދެ ފަހަރު ބަންދުކުރީ އެއް ދުވަހަަށް ނަމަވެސް ފަހުން ފަސް ދުވަސް ޖެހިއެވެ.

މައުޟޫޢުތަށް