ހުޅުމާލޭ ފަޅަށް ފެތިފައި އޮތް ބާޖާއެކު، ބިން ހިއްކައިފި

ސަން

4 ޖެނުއަރީ 2026 | އާދިއްތަ | 10:08

ހުޅުމާލެ ފަޅަށް ފެތިފައި އޮތް ބާޖަކާއެކީ، އެ ސަރަހައްދުގެ ބިން ހިއްކައިފިއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، އެ ސަރަހައްދުގެ 49 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް ބުނެ، އެ ތަނުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާފައި ވަނީ، އެ ތަނުގައި އޮތް ބާޖަކާއެކީގައެވެ. ވަރަށް ބޮޑަށް ދަބަރު ޖަހާފައި އޮތް އެ ބާޖު ވީރާނާވެފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެއެވެ.

މައުޟޫޢުތަށް