ބަނދަރު 'ވިއްކަން' އުޅޭ ކަމަށް އަނެއްކާވެސް ޔާމީންގެ ތުހުމަތު: ''ހުއްޓުވަން މަޖުބޫކުރަން ޖެހޭ''
ސަން
5 ޖެނުއަރީ 2026 | ހޯމަ | 9:09
މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައި، އެކަން ހުއްޓުވަން ގޮވާލައްވައިފިއެވެ.
ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މޯލްޑިވްސްް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައެވެ. އެ ފިޔަވައްސަށް އެކަނިވެސް 60 މިލިއަން ޑޮލަރު ޚަރަދު ވާނެއިރު، ހުރިހާ މަސައްކަތެއް ނިންނަން 10 އަހަރު ނަގާނެ ކަމަށް އެ ކުންފުނިން، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެެއެވެ.
އެ މަޝްރޫއާ ގުޅުވައި ޔާމީން މީގެ ކުރިން ވެސް ވަނީ، ސަރުކާރުން ޑީޕީ ވޯލްޑަށް ބަނދަރު ވިއްކަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.