ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދިނުން ރަނގަޅު، ''އުނބަށް ޖެހީ'' އޭ ނުގޮވާނަން: ނަޝީދު

ސަން

5 ޖެނުއަރީ 2026 | ހޯމަ | 9:30

ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާ ކުންފުންޏަކާ ހަވާލުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއްގައި ނަޝީދު މިފަދައިން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކުން ހަވާލުވުމަށް، ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ ވަރަށް މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި, އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު, އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި, ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މައުޟޫޢުތަށް