ދެ އިންތިޚާބު އެއްކުރުމުން ފާރަވެރި މަޖިލީހެއް ހޮވުމުގެ ފުރުސަތު ގެއްލި، ބޮޑެތި ގޯސްތައް ފެނޭ: ޔާމީން
ސަން
5 ޖެނުއަރީ 2026 | ހޯމަ | 12:08
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، އެކަމުން ނަތީޖާ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޗުއްޓީގައި މިހާރު އޮތް މަޖިލީހުން ވަނީ ޖަލްސާއެއް އެޖެންޑާއެއްކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހަޅާނެ ކަމަށް އޮތެވެ.
އޭގެ ތެރެއިން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.