މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރެވެން އެބައޮތް: ނަޝީދު
ސަން
5 ޖެނުއަރީ 2026 | ހޯމަ | 10:55
މާލޭގެ ބިންތަކުން ލިބޭ ކުލި ރަނގަޅަށް ނަގައިގެން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރެވެން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއް ރޭ ވަނީ ބާއްވާފައެވެ. އެ ހަރަކާތުގައި އަލީ އާޒިމަށް ތާއިދުކުރައްވާ ނަޝީދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ އާމްދަނީއަކީ އަހަރަކު 425 މިލިއަން ރުފިޔާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެ ފައިސާ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ގޮތެއް، އެ މަނިކުފާނު ވަނީ ކިޔައިދެއްވާފައެވެ.