މާލޭ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށްލާ މީހަކަށް ވާންޖެހޭ، އެކަން ވާނީ އަލީއަށް: ފައްޔާޒް

ސަން

5 ޖެނުއަރީ 2026 | ހޯމަ | 10:39

މާލޭގެ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށް ލެވޭނެ މީހަކަށް ވާން ޖެހޭ ކަމަށާއި އެ ކަން ކުރެވޭނީ އެ މަގާމަށް އެމްޑީޕީ ޓިކެޓަށް މިހާރު ވާދަކުރައްވާ އަލީ އާޒިމަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީ މެންބަރުންނަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވީ، ބަލަން ޖެހޭނީ ކުރިއަށް ކަމަށެވެ. މި ގޮތުން، އެ ޕާޓީގެ 20 އަހަރުގެ އުންމީދުތަކުގައި ކުލަ ޖައްސައި، ކަށަވަރުކުރުމަށްޓަކައި އެމްޑީޕީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޕާޓީގެ މިސްރާބު ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެ ކަން ކުރެވޭނީ މާލޭގެ މޭޔަރަކަށް އެ ޕާޓީގެ ބޭފުޅަކަށް އިންތިޚާބުވެގެން ކަމަށެވެ.

މައުޟޫޢުތަށް