ދިއްދޫ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކަން ފަށައިފި

ސަން

5 ޖެނުއަރީ 2026 | ހޯމަ | 9:18

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުالله ރަޝީދު 'ސަން'އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަތިހު ހަތަރެއް ޖަހާކަން ހާއިރު ފަށާފައިވާ ކަމަށެވެ.

ދިއްދޫގެ ކައުންސިލަރު ޢަބްދުالله ވަޙީދު މީގެކުރިން ވިދާޅުވީ، އެންމެ އަވަސްވެގެން އެ ރަށުގެ ހުޅަނގުފަރާތު ފަޅު ތިން މަހުގެ ތެރޭ ހިއްކައި ނިމޭނެ ކަމަށެވެ.

މައުޟޫޢުތަށް