ކުރީގެ މިނިސްޓަރު ރަމީލާ އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަންކުރަން ފޮނުވައިފި

ސަން

5 ޖެނުއަރީ 2026 | ހޯމަ | 9:20

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަމަށް އައްޔަންކުރަން، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާގެ ނަން ފޮނުވައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެޗްއާރުސީއެމަށް އައްޔަންކުރި ރަމީލާ، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެކަމަކު މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރެއްވީ މިއަދެވެ.

ދައުރުން ބޭރުން މިހާރު ކުރިއަށް ދާ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވައިފައެވެ.

މައުޟޫޢުތަށް