ސިނގިރޭޓު ވައްކަން: "ލިބުނު ފައިސާ އިތުރުކުރަން ޖުވާ ކުޅެނިކޮށް ފައިސާތައް ވަނީ ގެއްލިފައި"

ސަން

5 ޖެނުއަރީ 2026 | ހޯމަ | 10:09

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި, ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފައިސާ ލިބުނު ފަރާތްތަކުން ޖުވާ ކުޅެ ނަފާ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ފައިސާތަކެއް ވަނީ ގެއްލިފައި ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރު ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ޤާނޫނޫލްޢުޤޫބާތަށް ހުށަހެޅުއްވި އިސްލާހަށް މިއަދު ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސް ކޮށްފައެވެ.

އެ ބަހުސްގައި ނާޒިމް ވިދާޅުވީ، 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފައިސާ ލިބުނު ފަރާތްތަކުން ޖުވާ ކުޅެ ފައިދާ ހޯދަން އުޅުމުން އެ ފައިސާ ގެއްލިފައިވާ ކަމަށެވެ.

މައުޟޫޢުތަށް