މުޅި ގައުމުގައި އޮތީ ވައްކަން، އެކަމަކު 'ހޭ އަރުވާލަނީ' ވަކި ބަޔަކު އެކަނި: ޣަފޫރު
ސަން
5 ޖެނުއަރީ 2026 | ހޯމަ | 10:29
މުޅި ގައުމުގައި އޮތީ ވައްކަން އާންމުވެފައި ކަމަށާއި އެކަމަކު ގާނޫނު ތަންފީޒުކޮށް 'ހޭ އަރުވާލަނީ' ވަކި ބަޔަކު ކުށެއް ކުރީމާ އެކަނި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދައި، ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވީ، ޖުވާކުޅުން އެއީ މަނާކުރަންޖެހޭ ކަމެއް ކަމަށާއި އެންމެން ވެސް އެ ކަމަށް ތާއީދުކުރާނެ ކަމަށެވެ. އެ ކަމާ އެމްޑީޕީން ވެސް ދެކޮޅު ނޫން ކަމަށާއި މައްސަލައަކީ ދައްކާ ވާހަކައާއި މަންޒަރާ ދިމާނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.