ޖެންޒީގެ ގިނަ ކުދިން ވަނީ ޖުވާގެ އަވައިގައި ޖެހިފައި، "ހިތާ ދެކޮޅަށް" ވެސް މަނާކުރަން ޖެހޭ: ނާޒިމް

ސަން

5 ޖެނުއަރީ 2026 | ހޯމަ | 11:18

މިހާރުގެ ޒުވާން ޖީލު ނުވަތަ ޖެންޒީގެ ކުދިންގެ ތެރެއިން ގިނަ ކުދިން ވަނީ ޖުވާގެ އަވައިގައި ޖެހިފައިކަމަށާއި، ޒުވާނުން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ހިތާ ދެކޮޅަށް ނަމަވެސް، ޖުވާ ކުޅުން މަނާކުރަން ޖެހޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ޤާނޫނޫލްޢުޤޫބާތަށް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. މި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ޖުވާކުޅުމަކީ ދެވިހިފާ ކަމެއް ކަމަށާއި، އިސްލާމްދީނުގައި ޖުވާކުޅުން މަނާކޮށްފައިވަނީ އާއިލާތައް ރޫޅި، މީހުންގެ މުދާތައް ނުރައްކަލަށް ހުށަހެޅުން ފަދަ ކަންކަން ދިމާވާތީ ކަމަށެވެ.

ނަމަވެސް މިއަދު ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ޖުވާގެ އަވައިގައި ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް