ކިނޮޅަސް ކައިރިން ފެނުނު މީހާ އޮތީ ކުނިވެފައި، ޖިންސު ވެސް އަދި ވަކިނުވޭ: ފުލުހުން
ސަން
5 ޖެނުއަރީ 2026 | ހޯމަ | 11:06
ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުން، ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ވެސް ކަށަވަރުނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ކިނޮޅަހާ ދިމާލުން މީހެއްގެ ހަށިގަނޑު އޮޔާދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ އިއްޔެ ހަވީރު 4:24 ހާއިރެވެ. އެ ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން އިއްޔެ ނުދެއެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.