މޯލްޑިވް ގޭސްގެ ފައިސާ ޑަބަލްކޮށްލަން ޖުވާކުޅުނީ ކަމަށް ފިއްޓޭގެ ތުހުމަތު: އަބްދުﷲ ވިދާޅުވީ ދޮގެއް ކަމަށް
ސަން
5 ޖެނުއަރީ 2026 | ހޯމަ | 3:37
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދު ޖުވާ ކުޅުމުން ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ތުހުމަތުކުރެއްވި ނަމަވެސް، އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފެށިކަން ހާމަކުރީ މިދިޔަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހެވެ.
ނަމަވެސް، މި މައްސަލައިގެ އިތުރު ތަފުސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.