ޕްރައިވެޓް ސެކްޓަރަށް ބަނދަރު ދިނުން ރަނގަޅު، އެކަމަކު ދޭން ވާނީ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާއަކަށްފަހު: ނަޝީދު
ސަން
5 ޖެނުއަރީ 2026 | ހޯމަ | 1:32
މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ޕްރައިވެޓް ސެކްޓަރަށް ވިއްކާލުން ރަނގަޅު ނަމަވެސް އެކަން ކުރަން ވާނީ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާއަކަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ޑީޕީ ވޯލްޑްއަށް ވިއްކުމަށްޓަކައި ސަރުކާރުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުން ދިޔަ ވާހަކަ މީގެ ކުރިން ވެސް ފެންމަތިވިއެވެ.
އެ ތުހުމަތުތައް ސަރުކާރަށް ކުރިމަތިވަމުންދާއިރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ 'ފުޅާ ޕްރައިވެޓައިޒޭޝަން' ޕްރޮގްރާމެއްގެ ވާހަކަ އިވިވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގެ ޕޯޓަކާއި ދެ އެއާޕޯޓެއް ވެސް ހިމެނޭ ކަމުގެ ޚަބަރުތައް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.