ލޯނު ނުދެއްކިގެން، މާލެއިން 830 އަކަފޫޓުގެ ގޯއްޗެއް ވިއްކާލަނީ
ސަން
5 ޖެނުއަރީ 2026 | ހޯމަ | 1:32
ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު, ވެރިރަށް މާލެއިން 830 އަކަފޫޓްގެ ގޯއްޗެއް ވިއްކާލުމަށް, މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު އިއުލާން ކޮށްފިއެވެ.
ވިއްކާލުމަށް ނީލަމަށް ހުޅުވާލާފައިވަނީ, ނިކަގަސްމަގުގައި ހުންނަ, މއ. ކުދިމަގޫގެއެވެ.
އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު, އެމްއައިބީއަށް ދީފައިވަނީ, ކުދިމަގޫގެ ރަހުނު ކޮށްފައި ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންނެވެ.