ޖުވާ ކުޅެގެން ހަތަރު އަހަރުގެ ޖަލު ހުކުމް އަންނަ އިސްލާހު ދިރާސާކުރަން ފޮނުވާލައިފި

ސަން

5 ޖެނުއަރީ 2026 | ހޯމަ | 2:15

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.

ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް އިއްޔެ ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް