ބޮޑެތި ބަލި ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދާ އިސްލާހު ބަލައިގަނެ، ކޮމިޓީއަށް

ސަން

5 ޖެނުއަރީ 2026 | ހޯމަ | 2:17

ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ވެރިކަންކުރާ ޕީއެންސީން ހުށަހެޅި އިސްލާހު މިއަދު ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުން ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށްފަހު، އަދި އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވިދާޅުވުމަށްފަހު، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަލުން އެ އިސްލާހު ހުށަހެޅުއްވީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ.

މައުޟޫޢުތަށް