ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕީ ކާޑުގެ ނިޒާމު ތައާރަފުކުރަން ހުށަހަޅައިފި

ސަން

5 ޖެނުއަރީ 2026 | ހޯމަ | 2:58

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް "ތެރަޕީ ކާޑުގެ ނިޒާމު" ތައާރަފުކުރަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ.

މި ހުށަހެޅުން އެމަނިކުފާނަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ރައީސަށް އެޑްރެސްކުރައްވައި ހުށަހެޅުއްވި ސިޓީގައި ކުޑޫ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފޯރުކޮށްދޭ ތެރަޕީތަކުގެ އަގު ކޮންޓްރޯލްކުރުމުގައާއި، ދައުލަތުން އެ ކުދިންގެ ނަމުގައި ކްލިނިކްތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަމުން ދާއިރު ވެސް އެކަމުގެ މަންފާއެއް އެކުދިންނަށް ނުކުރާކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވައިފައެވެ.

މައުޟޫޢުތަށް