ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ ތަހުގީގަށް ގެއަށް ގެނެސް، ގެންގޮސްފި

ސަން

5 ޖެނުއަރީ 2026 | ހޯމަ | 2:55

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރު, ތަހުގީގުގެ ބޭނުމަށް މާލެ ގެނެސްފިއެވެ.

މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ސަނީގެ އަންހެނުންގެ ގެ ކަމަށްވާ, ހ. އަނދުންގެއަށް ސަނީ ގެނެސްފައެވެ. އޭނާ އެ ގެއަށް ގެނެސް އެ ގޭގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެއަށް ފަހު މިއަދު 15:00 ވާން ކައިރި ވެފައިވަނިކޮށް, ފުލުހުން ވަނީ ސަނީ އަނބުރާ ގެންގޮސްފައެވެ. އޭނާ ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ބަޔަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގިއެވެ.

މައުޟޫޢުތަށް