ތަކެތީގެ އަގުތައް އުފުލުމަކީ، ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު
ސަން
5 ޖެނުއަރީ 2026 | ހޯމަ | 7:25
މި ސަރުކާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އަގުތައް ބޮޑުވާން ފެށީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު، "ތަރުޖަމާނާއެކު"ގެ ނަމުގައި ކުރިއަށްގެންދަވާ ޕޮޑްކާސްޓުގައި މިއަދު ވަނީ، އާންމުކޮށް ބޭނުންކުރާ ކިރުދަޅު ފަދަ ތަކެތީގެ އަގު ފާއިތުވި ދެ އަހަރު ތެރޭ ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ބުނެ މީހުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
ހީނާ އެ ސުވާލު ރަނގަޅަށް މިނިސްޓަރާ ކުރައްވައި ނުނިމެނީސް ސައީދު ވަނީ، އަގުތައް އެގޮތަށް ބޮޑުވީ މި ސަރުކާރުގައި ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ.