ކްރިމިނަލް ކޯޓުގެ އަންދާޒާއެއް: ވާނުވާ ބަންދުތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރު ހައްލުވާނެ
ސަން
5 ޖެނުއަރީ 2026 | ހޯމަ | 8:48
ވާނުވާ ބަންދުގެ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރު ނިމޭއިރު ހައްލުވާނެ ކަމަށް ކްރިމިނަލް ކޯޓުން އަންދާޒާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައި ވަނީ، ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުގެ މައްސަލަތަކަށް ބުރޫ އަރައިފައި ވަނިކޮށް، މިދިޔަ އަހަރު އައު އިމާރާތަކަށް މަސައްކަތްތައް ބަދަލުކުރުމުން މަސައްކަތުގެ ދުވެލި އަވަސްވެފައިވާ ކަމަށެވެ.
އެ ތަފާސްހިސާބުގައިވަނީ، އެ ކޯޓުން މިދިޔަ އަހަރު 2،622 މީހުންގެ ބަންދާމެދު ގޮތް ނިންމައިފައިވާ ކަމަށާއި އެވަރެޖުކޮށް، މަހަކަށް އެ ކޯޓުން، 218 މީހުންގެ ބަންދާ މެދު ގޮތް ނިންމާފައެވެ.