ޗުއްޓީގައި ދަތުރުތައް ކުރަމުން އަންނައިރު، މިރޭ މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ
ސަން
5 ޖެނުއަރީ 2026 | ހޯމަ | 9:24
މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ މި ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ކުރި ޕޯސްޓެއްގައި ވަނީ، ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ 01:30އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެ ސަރަހައްދުތަކަށް މެޓުން ސަމާލު ނެރެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.