ޝަރުތު ހަމަވި މީޑިއާއެއް އުނިކޮށް، ފައިސާ ދިނުމުގެ މަސައްކަތް ފަށަނީ

ސަން

5 ޖެނުއަރީ 2026 | ހޯމަ | 11:03

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން އެއް މީޑިއާ އުނިކޮށް، 39 މީޑިއާއަކަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.

މާލީ އެހީ ހޯދަން ކުރިމަތިލި، 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. އެ މީޑިއާތަކުން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެކަމަކު، މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ޝަރުތު ހަމަވި 41 މީޑިއާއެއްގެ ތެރެއިން ދެ ހުށަހެޅުމަކީ، އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއަމްއެއް ކަން ފާހަގަވުމާ ގުޅިގެން އެ މީޑީއާއާ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް