ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސަން
5 ޖެނުއަރީ 2026 | ހޯމަ | 11:19
މި މަހު އެކެއްގައި އަމަލު ކުރަން ފެށި، ޒަކާތު ގާނޫނުގެ ދަށުން އުފެއްދި، ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެ އޮފީހުން ހުޅުވާލީ، ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން އެ ކައުންސިލަށް އައްޔަނުކުރުމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.