މާލޭގައި އިމާރާތް ކުރަމުން އަންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
ސަން
5 ޖެނުއަރީ 2026 | ހޯމަ | 11:44
މާލޭގައި އިމާރާތް ކުރަމުން އަންނަ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީ ހުރި، އިމާރާތް ކުރަމުން އަންނަ ގެއެއްގައި ކަމަށެވެ.
ސިފައިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ 23:22 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.