އެޗްއާރްސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރުމަށް ފަހު، 8 މިނެޓު ތެރޭ ޖަލްސާ ނިންމާލައިފި
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 9:52
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް މި ސަރުކާރުގައި އެގްރިކަލްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ފާސްކުރުމަށް ފަހު، އަށް މިނެޓު ތެރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނިންމާލައިފިއެވެ.
ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބޭއްވި ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމަށް އައްޔަންކުރުމާ މެދު ވޯޓު ނަގާށެވެ.
އެ ޖަލްސާ ފެއްޓެވި ގޮތަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް ރަމީލާ އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހާފައެވެ. އިދިކޮޅު އެމްޑީޕީން ބޮއިކޮޓު ކުރި އެ ޖަލްސާގައި ބައިވެރިވެވަޑައިގެން 38 މެންބަރުންގެ އިއްތިފާގުން ރަމީލާގެ ނަން ވަނީ ފާސްކޮށްފައެވެ.